މިފްކޯއިން މަސްކިރުވި ދޯނިތަކަށް 1 މިލިއަން އަށްވުރެ ގިނަ ރުފިޔާ އިއްޔެ ދޫކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 24 އުޅަނދަކަށް 1,138,340.00 ރުފިޔާވަނީ ދޫކޮށްފައެވެ. މި ފައިސާއަކީ މަހުގެ 6 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ ކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ.
މި މަހުގެ 8 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 23 ދޯންޏަކަށް 1,113,015.00 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މީގެ އިތުރުން، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ދޯންޏަކަށް 25,325.00 ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދެއްކުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.




