މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަވާނެކަމުގެ އިންޒާރާއެކު ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަރޮޅުން ތ. އަތޮޅާ ހަމައަށް، މިއަދު ފަތިހު 5:15 އިން ފެށިގެން ހެނދުނު 11:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނި އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެެވެ.
މީގެއިތުރުން ނި ސަރަހައްދުތަކުގެ ކަނޑުތައް ވެސް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.




