މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅިގެން، މޯލްޑިވްސްޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ކްލިއަރިންގ އެޖެންޓުންނާއި، ލޮރީ ޑްރައިވަރުންނާއި ބައްދަލުކޮށްފިއެވެ.
އިއްޔެ ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، މާލެ ވިޔަފާރި ބަނދަރުތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންނާއެކުސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ކުރިއަށްދިޔަމުހިންމު ބައްދަލުވުމެކެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށްބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމް.ޕީ.އެލްގެ އެންމެ މުހިންމު އެއްސްޓޭކްހޯލްޑަރުންކަމުގައިވާ ކްލިއަރިން އޭޖެންޓުންނާއި، ލޮރީ ޑްރައިވަރުންގެ ޚިޔާލާއިމަޝްވަރާ ހޯދުމެވެ.

މި ބައްދަލުވުމުގައި ބައިވެރިންވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެމަޝްރޫޢުގެ ތެރެއިން، ވީހާވެސް އަވަހަށް މުދާ ކްލިއަރކުރުމުގެ ނިޒާމެއް ގާއިމުކުރުމާގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލުތަކެއް ހިއްސާކުރައްވާފައެވެ. އެމްޕީއެލްގެ އަމާޒަކީ ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށްތިލަފުށީ ބަނދަރުގެ މަސައްކަތްތައް ބައްޓަންކުރުމެވެ.
މި މަޝްރޫޢާ ގުޅިގެން އެމްޕީއެލްއިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި،ކަމާގުޅޭ މުއައްސަސާތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިންގ އޭޖެންޓުންނާއި، އެއަރލައިންއޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާއި ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ރޭވިފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއްމަޝްރޫޢެވެ. ތިލަފުށީ ބަނދަރު ތަރައްޤީކުރެވިގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށްފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ ބަނދަރެއްގެ ގޮތުގައެވެ. މިއީޖާގައިގެ ގޮތުން މިހާރުގެ ބަނދަރަށްވުރެ އެތައް ގުނައެއް ތަނަވަސް މަލްޓި–ޕާޕަސްފެސިލިޓީތައް ހިމެނޭ މޮޑަން ޕޯޓެކެވެ.
މި ބަނދަރުގައި ޒަމާނީ ކޮންޓޭނަރ ޓާމިނަލަކާއި، ކޮންޓޭނަރ ފްރައިޓް ސްޓޭޝަންތަކުގެއިތުރުން، އެކި ބާވަތްތަކުގެ މުދާ ބޭލުމަށް ޚާއްސަ މަލްޓި–ޕާޕަސް ޓާމިނަލްތަކާއި، އަވަހަށްހަލާކުވާ ފަދަ (ޕެރިޝަބަލް) މުދާ ރައްކާކުރާނެ ޓާމިނަލްތައް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން،ބޮންޑެޑް ވެއަރހައުސްތަކާއި، އެކި ވަޞީލަތްތައް މެދުވެރިކޮށް މުދާ އުފުލައި ބެލެހެއްޓޭނެފުރިހަމަ ލޮޖިސްޓިކްސް ނިޒާމުތައްވެސް މި ބަނދަރުގައި ހިމެނިގެންދާނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުމުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތްދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ.
އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ ”ސްޓޭޓް އޮފް ދި އާޓް“ މަލްޓި–ޕަރޕަސް ބަނދަރަކަށެވެ.



