ރާޔާ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް މިއަދު ފަށައިފިއެވެ.
އެމްއޭސީއެލްއިން ބުނީ، މި ދަތުރުތައް ކުރާނީ ހަފުތާއަކު ދެ ދުވަހު ކަމަށާއި، މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރު ކަމަށެވެ. އަދި ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ ކާގޯ އުފުލޭނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މިއީ މެލޭޝިއާއިން ތާވަލުކޮށްގެން ކުރާ ފުރަތަމަ ކާގޯ ދަތުރުތަކެވެ.

މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި ”ޓެލެޕޯޓް“ އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ. ރާޔާ އެއާވޭސްގެ ހިދުމަތާއެކު އާ ފުރުސަތެއް ހުޅުވިފައިވާ ކަމަށާއި މި ދަތުރުތަކާއެކު، ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު މިހާރު ގަވާއިދުން މުދާ އުފުލޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، މި ދަތުރުތަކުގައި އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯއެވެ. މީގެ ސަބަބުން އެމް.އެލް.އީ ގެ ދައުރު އިތުރަށް ވަރުގަދަވާނެއެވެ. އެއީ ކާގޯ ގުޅުވައިދޭ ހަބެއްގެ ގޮތުގައެވެ. މުދާ ފޮނުވާ ފަރާތްތަކަށް އިތުރު މަގުތައް ހުޅުވިގެންދާނެއެވެ. ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުން ފަސޭހަވާނެއެވެ.

ރާޔާ އެއާވޭސްއަކީ އެމްއެލްއީ އަށް ދަތުރުކުރާ ދެވަނަ ތާވަލު ކާގޯ އެއާލައިނެވެ.
ޖެނުއަރީ އިން ޖުލައި 2026 ގެ ނިޔަލަށް އެމް.އެލް.އީ އިން ވަނީ ގިނަ ކާގޯތަކެއް ހެންޑްލްކޮށްފައެވެ. އެއީ 390 ކާގޯ ދަތުރު މެދުވެރިކޮށެވެ. މުޅިއެކު 3,228 ޓަނުގެ ކާގޯ ހެންޑްލްކުރެވުނެވެ. މި ދަތުރުތަކުން އެއާޕޯޓް ވަނީ މުހިންމު މަންޒިލްތަކަކާ ގުޅުވާލެވިފައެވެ.

އޭގެ ތެރޭގައި ބެންގަލޫރު، ޗެންނާއި، ޔަންގޯން، ކޮލަމްބޯ، ބެންކޮކް، ދުބައި އަދި ހަނޯއީ ހިމެނެއެވެ. 2025 ވަނަ އަހަރުވެސް ގިނަ ދަތުރުތައް ކުރިއެވެ. އެއީ 518 ކާގޯ ދަތުރެވެ. އަދި 4,300 ޓަނަށްވުރެ ގިނަ ކާގޯ ހެންޑްލްކުރިއެވެ.



