ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިރޭ ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި ބަލައިފާސްކުރި އިރު 3.2ކިލޯގެ ކެނެބިސް ހުރި ކަމަށެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.



