ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، 60 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ޤާޟީ އިޙްސާންއާ ގުޅިގެން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމުގެ މަޤްޞަދުގައި މިއަދުން ފެށިގެން ދެ މަސް ދުވަހަށް އޭނާ ވަނީ ވަގުތީގޮތުން މަސައްކަތުން ދުރުކޮށްފައެވެ.
ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޤާޟީ އިޙްސާން ސަސްޕެންޑް ކުރުމަށް ނިންމާފައިވާއިރު، އޭނާއާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގެ މުވައްޒަފުންގެ ފަރާތުން ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ.




