ކުޑަކުދިންނަށް ހާއްސަކޮށްގެން އުރީދޫން ކުރިއަށްގެންދާ ”އުރީދޫ ކިޑްސް އިވްނިން“ މާދަމާ ބާއްވަން ނިންމައިފިއެވެ.
މާދަމާ ބާއްވާ މި ހަރަކާތް ކުރިއަށްދާނީ ހަވީރު 16:00 އިން ފެށިގެން 18:00 ގެ ނިޔަލަށް، ހުޅުމާލެ އަމާން އުދަރެސް ތިނެއް އަދި ހަތެއް ފްލެޓް ސަރަހައްދުގައެވެ.
މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ގިނަ އިނާމުތަކާއި ވައުޗަރުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެގޮތުން، ލިބޭ އިނާމުތަކުގެ ތެރޭގައި ކްރޭޕް ރަނާގެ ވައުޗަރުތައް ހިމެނެއެވެ. އަދި ޓްރޮޕިކަލް ގޭމް ސެންޓަރުގެ 300 ރުފިޔާގެ ވައުޗަރު ވެސް ލިބޭނެއެވެ.
މީގެ އިތުރުން، ސްޕާ ސިލޯންގެ 500 ރުފިޔާގެ ވައުޗަރުތަކެއް ވެސް މި ހަރަކާތުގެ ތެރެއިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޯރިގަދަ ކުޑަކުދިންގެ ހަވީރެއްގެ އިތުރުން މާދަމާ ރޭ އެ ސަރަހައްދުގައި ކުޑަކުދިންނަށް ޚާއްސަ މޫވީ ނައިޓެއް ވެސް އުރީދޫގެ ފަރާތުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މޫވީ ނައިޓް އޮންނަނީ މާދަމާ ރޭ 20:00 އިން 22:00 އަށެވެ.



