ހުޅުމާލެ ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2، ވިނަރެސް 7 ކައިރީ އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވީ 9 އަހަރުގެ ކުޑަ އަންހެއް ކުއްޖަކަށް ކަމަށާއި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ އިރުކޮޅެއް ކުރިން، ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.
މި ހާދިސާގެ ވީޑިއޯތަކުން ފެނިގެން ދަނީ އެކްސިޑެންޓްގައި އަނިޔާވި ކުޑަކުއްޖަކު ބިން މައްޗަށް ވެއްޓިފައި އޮންނަ ތަނެވެ. އަދި ބަޔަކު އެ ކުއްޖާއަށް އެހީވާ މަންޒަރުވެސް ފެނެއެވެ.




