އެސްޓީއޯގެ ބޯޑު މެންބަރުކަމުގެ މަގާމުން ދާނިޝް މުހައްމަދު އަމީން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވަމުން ދާނިޝް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ މަސައްކަތަށް ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް އުޅެންޖެހޭތީ ކަމަށެވެ.
އެ ކުންފުނީގެ ބޯޑު މެންބަރެއްގެ ގޮތުގައި ދާނިޝް ކޮށްދެއްވި މަސައްކަތް ފާހަގަކޮށް އެސްޓީއޯ އިންވަނީ ޝުކުރު އަދާކޮށްފައެވެ.
އެ ކުންފުނިން ބުނީ ދާނިޝް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމުގެ މަސައްކަތް ގާނޫނާއި ގަވައިދުގެ ތެރެއިން ކުރިއަށް ގެންދާނެ ކަމަށެވެ.


