މާލެއިން ގެއްލިގެން ހޯދަމުންދިޔަ މަރިޔަމް މާއީ ޖަމީލު އަމިއްލައަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެއްޖެ އެވެ.
ފުލުހުން ބުނީ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދިޔަ މަރްޔަމް މާއީ ޖަމީލް (25އ)، މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، ހާޒިރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ޒުވާނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުއެވެ.




