ޕްލޭސްޓޭޝަން 5 އެއް ލިބޭ ޚާއްސަ ގިވްއަވޭއެއް އެލައިޑް އިންޝުއަރެންސުން ސޯޝަލް މީޑިއާގައި ފަށައިފިއެވެ.
”މިޝަން ޕީއެސް 5“ ގެ ނަން ދީފައިވާ މި ގިވްއަވޭ ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށެވެ.
މި ގިވްއަވޭގައި ބައިވެރިވުމަށް އަަންނަނިވި ސްޓެޕްތައް ފުރިހަމަ ކުރަން ޖެހެއެވެ.
1. އެލައިޑުގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖަށް ފޮލޯ ކުރުން
2. އިންސްޓަގްރާމްގައި އިން ”މިޝަން ޕީއެސް 5“ ގެ އޮރިޖިނަލް ކެމްޕޭނު ޕޯސްޓަށް ލައިކެއް ދިނުން
3. އޮރިޖިނަލް ކެމްޕޭނު ޕޯސްޓަށް ކޮމެންޓެއްކޮށް 3 މީހަކު ޓެގް ކުރުން
މީގެއިތުރުން މި ކެމްޕޭނު ޕޯސްޓު އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް @allied.mv ޓެގް ކުރުމުން ވެސް މި ގިވްއަވޭގައި ބައިވެރިވެވޭނެއެވެ.
އެލައިޑުގެ މި ގިވްއަވޭއިން ހޮވޭ ފަރާތެއް އިއުލާނު ކުރުން އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.
ސޯޝަލް މީޑިއާގައި އުޅޭ ހުރިހާ ފަރާތްތަކުން ވެސް މި ގިވްއަވޭގައި ބައިވެރިވެ، ޕީއެސް 5 އެއް ލިބުމުގެ ފުރުސަތު ހޯދުމަށް އެލައިޑުން ދައުވަތު ދެއެވެ.
މި ކެމްޕޭނާ ގުޅޭ އިތުރު ތަފްސީލާއި ޤަވައިދުތައް ތިރީގައިވާ ލިންކުން ފެންނަން ހުންނާނެއެވެ.
https://www.instagram.com/p/DdBn_wzTcNQ/?stkn=c3h5YjA0emVudmFi




