ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ ހަވީރު 23:00 އާއި ހަމައަށެވެ.
މެޓުން ބުނިގޮތުގައި މިވަގުތާއި ހަމައަށް މި ސަރަހައއދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ތިން ދުވަހަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށާއި އެގޮތުން ހުޅަނގު މޫސުމާ ގުޅިގެން ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.



