މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް 40 އަހަރު ފުރުން މިއަދު ފާހަގަ ކޮށްފިއެވެ.
އެމްޕީއެލްއަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު އެ އިދާރާގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. ދިދަ ނަގާދެއްވީ އެ ކުންފުނީގެ ސީއީއޯ (ކެޕްޓަން) ހުސެއިން ޝަފީގު އާއި އެމްޕީއެލްގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި މުވައްޒަފު އާދަމް ވަހީދު އެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަދި ސީނިއަރ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޕީއެލްގެ ހީވާގި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިއަދު ހެނދުނު އެ ކުންފުނީގައި ކޭކު ފެޅުމުގެ ރަސްމިއްޔާތަކާއި މުވައްޒަފުންނަށް ޚާއްސަ ނާސްތާއެއް ދިނުން ވެސް އޮތެވެ.



