ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މިރޭ 11 ޖެހުމާ ހަމައަށެވެ.
ސަމާލު ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިދުވަސްކޮޅު ކުރަމުންދާ ވިއްސާރަ މި ހަފްތާގެ ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމުގައި މެޓުން ކުރިން ވަނީ ބުނެފައެވެ.



