މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ވެބްސައިޓުގައި ޝާއިޢުކުރި ދައުލަތުގެ ކުންފުނިތަކުގެ ލިސްޓަށް މާލޭ ވޯޓަރ އެންޑް ސްވްރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ވެސް އަރައިފިއެވެ.
މިއީ މި ލަނޑުދަނޑި ހާސިލުކުރި ދައުލަތުގެ ފަސްވަނަ ކުންފުންޏެވެ.
އެމްޑަބްލިޔުއެސްސީން އެކަން ހާސިލުކޮށްފައިވާކަން ހާމަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ މިކަމަށްޓަކައި ފެން ކުންފުންޏަށް މަރުހަބާ ކިޔާފައެވެ.
ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތުން ބަލާއިރު އެ ކުންފުންޏަކީ މިކަން ފުރިހަމަކުރި 42 ވަނަ އިދާރާއެވެ.
މައުލޫމާތު ހާމަކުރުމުގެ ޤާނޫނު ލާޒިމުކުރަނީ ދައުލަތުގެ ކޮންމެ އިދާރާއެއް ވެސް ވެބްސައިޓް މެދުވެރިކޮށް ރައްޔިތުންނަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ފޯރުކޮށްދިނުމަށެވެ.



