އައިފޯން 18 ޕްރޯއެއް ލިބޭ ވަރަށް ޚާއްސަ ލަކީޑްރޯއެއް ލަކްސްގްލޯ އިން ފަށައިފިއެވެ.
މިއީ އެތަނުގެ ލަކީޑްރޯ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ލަކީޑްރޯ އެކެވެ.
މި ކެމްޕޭނު ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަަށް މި ލަކީޑްރޯ ކެމްޕޭނު ކުރިއަށްދާނެއެވެ.
ލަކީޑްރޯގައި ބައިވެރިވުމަށް ހަމައެކަނި ކުރަންޖެހޭ ކަމަކީ ލަކްސްގްލޯ އެޕް ޑައުންލޯޑު ކުރުމަަށްފަހު އެ އެޕް މެދުވެރިކޮށް 200 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ވިޔަފާރިއެއް ކުރުމެވެ.

ލަކްސްގްލޯ އަކީ އެންމެ ފެންވަރު ރަނގަޅު ސްކިންކެއާރ އާއި ބޮލުގެ އިސްތަށިގަނޑަށް ބޭނުންވާ ސާމާނު ވިއްކާ ކޮސްމެޓިކް ފިހާރައެކެވެ. އެގޮތުން 1100 އަށްވުރެ ގިނަ ބްރޭންޑެޑް ކޮސްމެޓިކް ސާމާނު އެ ފިހާރައިން ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.
ލަކްސްގްލޯ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ އައިޓަމެއްގެ އަގާއި އެ އައިޓަމް ލިބެންހުރިތޯ ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
މީގެއިތުރުން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 ގެ ކުރިން، މާލެއާއި ހުޅުމާލެއިން ކުރާ އޯޑަރުތައް ހަމަ އެދުވަހު ޑެލިވަރީ ކޮށްދޭނެކަމަށް ލަކްސްގްލޯއިން ބުނެފައިވެއެވެ. އަދި ރަށްރަށުން ކުރާ އޯޑަރުތައް ވެސް، އެ ރަށަކަށްދާ ފެރީއަށް ނުވަތަ ބޯޓަށް ލައިދީގެން ޑެލިވަރ ކޮށްދޭކަމަށް އެ ފިހާރައިން ބުނެފައިވެއެވެ.
ލަކްސްގްލޯ ފިހާރައަށް ގޮސްގެންވެސް ވިޔަފާރި ކޮށްލެވޭނެއެވެ. ލަކްސްގްލޯ ރޯސް ފިހާރަ އިންނާނީ ސީބީއެމް ބޭންކާ ޖެހިގެން އަމީރްއަހުމަދު މަގުގައެވެ.
ލަސްނުކޮށް ލަކްސްގްލޯ އެޕް ޑައުންލޯޑް ކޮށްލައިގެން ވިޔަފާރި ކޮށްގެން އައިފޯން 18 ޕްރޯއެއް ހޯއްދަވާށެވެ.
ވެބްސައިޓް: https://www.luxeglow.mv
އެޕް: https://www.luxeglow.mv/app
އިންސްޓަގްރާމް: luxeglowmv@



