މާދަމާ ފެށޭ މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ބައިވެރިވާނެކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ ސްޓޯލް މިފަހަރު ހާއްސަކުރެވިފައިވަނީ އެ ކުންފުނީގެ ޖެނެރަލް ޓްރޭޑިންގ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީ އަށް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯގެ ސްޓޯލްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ސުޕާމާކެޓްއިން ލިބޭ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަންއެއް ހުންނާނެއެވެ. އަދި އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭލިބިގެންދާނެއެވެ.
މީގެ އިތުރުން އެސްޓީއޯއިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާބެހޭ މައުލޫމާތު އެ ސްޓޯލުން ފޯރުކޮށްދިނުމުގެ އިތުރުން އާ ބްރޭންޑެއް ވެސް އެ ކުންފުނިން ތައާރަފްކުރާނެއެވެ. މިބްރޭންޑް ތައާރަފް ކުރާނީ މި އެގްޒިބިޝަންގެ ދެވަނަ ދުވަހުއެވެ. އަދި މި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތުވެސް އެސްޓީއޯ ސްޓޯލްއިން ލިބިގެންދާނެއެވެ.
އެސްޓީއޯ ސްޓޯލްގައި އެސްޓީއޯގެ އެނާޖީގެ ފަރާތުން މިއަހަރު ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި އެސް.ޓީ.އޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުދީ، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތްގޮތްބަލާނެއެވެ.
މީގެ އިތުރުން އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައެވެ. ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެއެވެ.
އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހޮޓެލް އޭޝިއާ 2026 ކުރިއަށް ދާނީ މާދަމާއިން ފެށިގެން މިމަހުގެ 30 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.


