ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން މ.މަޑުއްވަރީގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ތަރައްޤީކުރި ކުޑަކުދިންގެ ޕާރކް އަދި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފިއެވެ.
ފެނަކައިން ބުނިގޮތުގައި، ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްގެން ފާއިތުވި އަހަރުގައި ފަށައިގެން ކުރިއަށް ގެންދިޔަ މި މަސައްކަތްތައް މިއަދުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ.
މި މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމިމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މަޝްރޫއު ތަކެކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސްގެ ގެ ވަޢުދުފުޅެކެވެ.



