ފ. ބިލެތްދޫގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގި އައުޓް ޑޯ ޖިމްގެ މަސައްކަތް ނިންމާލައިފިއެވެ.
މިދިޔަ އަހަރު ފެށި މި މަޝްރޫއު މިއަދުގެ ނިޔަލަށް ނިންމާލާފައިވާ އިރު މި މަޝްރޫޢަކީ ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓްރީން ފެނަކައާ ހަވާލުކުރި މަޝްރޫޢެކެވެ.
ފެނަކައިން ބުނިގޮތުގައި، މި އައުޓްޑޯ ޖިމް ތަރައްގީކުރުމުގެ މައިގަނޑު މަޤްސަދަކީ، ބިލެތްދޫގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކަސްރަތު ކުރުމުގެ ފަސޭހަ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިގޮތުން، ރައްޔިތުންގެ މެދުގައި ކަސްރަތުގެ ސަގާފަތެއް އާލާކޮށް، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް މި މަޝްރޫޢު އެހީތެރިވެދޭނެ ކަމަށް ފެނަކައިން ބުންޏެވެ.
މިފަދަ މަޝްރޫޢުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ހިންގުނު މުހިންމު މަސައްކަތެއް ކަމަށް ފެނަކައިން ބުންޏެވެ.


