އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިރާޤުގެ ވެރިރަށް ބަޣުދާދަށް ވަޑައިގެންފިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އިރުތިޝާމަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިރާޤުގެ ޕޮލިޓިކަލް ޕްލޭނިންއާ ބެހޭ އަންޑަ ސެކްރެޓަރީ، ސަފީރު އަޙްމަދު ނާއިފެވެ.
އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ވަފުދުތަކުގެ ވެރިން އަދި މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި މުހިންމު ސަމިޓުގައި، އިސްލާމީ އުންމަތާ ގުޅުންހުރި މުހިންމު މައްސަލަތަކާއި، ގައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.



