ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން 4 މީހަކަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ މެރިނޭޓް ކެފޭގައެވެ.
މި ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



