މާލޭ އުތުރު ފަރާތު ބަނދަރުގައި ތަރައްޤީ ކުރަމުން އަންނަ ޔިން ފިންގަރ ޖެޓީގެ ވެސް ކޮންކްރީޓް މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
މި މަޝްރުއޫގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހަދާނެއެވެ.
އެމްޓީސީސީން މި މަސައްކަތް ފެށީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހެވެ.
މި މަޝްރޫއުއާ ބެހޭގޮތުން އެމްޓީސީސީން މިއަދު ބުނީ، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ޑެކްގައި ލަކުޑި ފިލާ ހަރުކުރުމާއި، ލޯންޗުގެ ވާ އައްސާ ބޮލާޑު ހަރުކުރުމުގެ އިތުރުން ޖެޓީ ލައިޓް ހަރުކުރުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި މުޅި މަޝްރޫއަަށް 18.98 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.




