މިރޭ ހުޅުމާލޭ ފޭސް 3 ގައި ހަވާ އަރުވަނީ އަލަށް ތަރައްގީކުރި މެންހަޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް ހުޅުވުން ފާހަގަ ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުންނެވެ.
މި އުފާވެރި މުނާސަބަތުގައި މިރޭ ހުޅުމާލޭގައި ހަވާ އެރުވުމާ އެކު ބޮނޑިބަތުގެ ފަރިއްކޮޅެއް އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި ހަރަކާތް ކުރިއަށްދާނީ މިރޭ (7 ނޮވެންބަރު 2026) ގެ 10:00 އިން 11:30 އަށް، ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލް ކައިރީގައެވެ.
މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްޓަކައި، ހުރިހާ އާންމު ރައްޔިތުންނަށް އެޗްޑީސީން މިހާރު ވަނީ ދައުވަތު އަރުވާފައެވެ.
ވިޔަފާރި އުސޫލުން މިރޭ ހުޅުމާލޭ ފޭސް 3ގައި ހަވާ އެރުވުން އޮންނާނެކަމަށް އެމްއެންޑީއެފް އިން ވެސް ވަނީ ބުނެފައެވެ.


