މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އާދަމް އަދީމް އައްޔަންކޮށްފިއެވެ.
އެމަޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާދަމް އަދީމް އައްޔަންކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެއެވެ.
އާދަމް އަދީމްއާއެކު އެމްޕީއެލްގެ ބޯޑުގައި މިހާރު 8 މެމްބަރުން ތިއްބަވާނެއެވެ.
އެމްޕީއެލްގެ ޗެއަރޕާސްނައަކީ އާމިނަތު ހަމީދުއެވެ. އަދި މެނޭޖިން ޑިރެކްޓަރަކީ ކެޕްޓަން ޙުސައިން ޝަފީޤުއެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މުޙައްމަދު ލަމްޢާންއެވެ. މީގެ އިތުރުން މި ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ އަހްމަދު އިލްޔާސްއާއި މުޙައްމަދު ވަޙީދުގެ އިތުރުން އަޙްމަދު އީހާބްއާއި ފާތިމަތު ޝަފަގް ރަފީއުއެވެ.



