މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައިފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ސައިކަލުގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ.
މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި ސައިކަލުގައި އިން މީހާއަށް އަނިޔާވުމާ ގުޅިގެން އެމީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ފިހާރައެއްގއ ބިއްލޫރިގަނޑަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ މަންޒަރެވެ.



