ރާއްޖޭގައި ނަފްސާނީ މައްސަލަތައް އޮތް މިންވަރު ދެނެގަތުމަށްޓަކައި ބޮޑު ސާވޭއެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ މައްސަލަަތައް އޮތް މިންވަރު ބަލަން ކުރިއަށް ގެންދާނީ ”މަލްޓިޕްލް އިންޑިކޭޓާ ކްލަސްޓާ ސާވޭ“ އެެއް ކަމަށެވެ. އެކަަމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ވެސް ގީލާ ވިދާޅުވިއެވެ.
މަލްޓިޕްލް އިންޑިކޭޓާ ކްލަސްޓާ ސާވޭއަކީ ބައިނަލްއަގުވާމީ ގޮތުން އަޅާ ކިޔޭ ފަދަ މައުލޫމާތު ގޭބިސީތަކުން އެއްކުރަން ޔުނިސެފުން ތައާރަފްކޮށްފައިވާ ސާވޭގެ ވައްތަރެކެވެ. އެ ސާވޭ ކުރިއަށް ގެންދާނީ ޔުނިސެފްގެ އެހީގައި ސަރުކާރުތަކުންނެވެ.
”އަންނަ އަހަރުގެ މެދެއްހާ ހިސާބަށް އަޅުގަނޑުމެންނަށް އެ ސާވޭ ކުރިއަށް ގެންދެވޭނެ. މިސާވޭއަކީ ފުރަަތަމަ ފަހަރަށް އާބާދީގެ ތެރޭގައި ނަފްސާނީ މައްސަލަތައް ހުރި މިންވަރު ދެނެގަތުމަށް ޓަކައި ކުރެވިގެންދާނެ ސާވޭއެއް ކަމުގައި ދަންނަވާލަން،“ މިނިސްޓަރު ގީލާ ވިދާޅުވިއެވެ.




