ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ ސީޔާސީ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލައިފި އެވެ.
އިރާނުގެ ދައުލަތުގެ މީޑިއާ އަދި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއާ ހަވަލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގެ އާ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް އިރާނަށް ކުރެއްވި ދަތުރުފުޅުގައި، އިރާނުގެ ވެރިރަށް ތެހެރާންގައި އެމަނިކުފާނު ހުންނެވި ގެކޮޅަށް ދިން ހަމަލާއެއްގަ އެވެ.
މި ހަމަލާގައި ހަނިއްޔާގެ ހަށިފާރަވެރިއަކުވެސް ވަނީ ޝަހީދުވެފަ އެވެ.
ހަނިއްޔާ އަވަހާރަވީ ހަމަލާ ދީފައިވަނީ ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ކަމަށް މީޑީއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
މި ހަމަލާ ހަމާސް ޖަމާއަތުން ވަނީ ކުށްވެރިކޮށްފަ އެވެ.



