މިދިޔަ ބުދަ ދުވަހުގެ ރޭ އަސްރަފީ މަގުގައި ހިނގި މާރާމާރިގައި ބައިވެރިވި 6 ބިދޭސީއަކު އަނބުރާ ޤައުމަށް ފޮނުވާލުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.
އެކްސް ގައި ކުރި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ، މާލޭގައި ހިނގި މާރާމާރިއަކާއި ގުޅިގެން ފުލުހުން ވަނީ 6 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ފަރާތްތަކުގެ ވިސާ ކެންސަލް ކޮށް، އަނބުރާ ޤައުމަށް ޑީޕޯޓް ކުރުމަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ސޯޝަލް މީޑިޔާގައި އާންމުވި ވީޑިޔޯއެއްގައި ބިދޭސީ ބަޔަކު މަގުމަތީގައި ދަނޑިބުރި ފަދަ އެއްޗިހި ބޭނުންކޮށްގެން މާރާމާރީ ހިންގާތަން ފެނެއެވެ. މި މާރާމާރީގައި އަނިޔާވި ބައެއް ބިދޭސީންނަށް ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދީފައެވެ.




