އަމީނީ މަގު ފުރުޤާން މިސްކިތް ކައިރީގައި ހުރި ފައިވާން ތަކެއް ވަގަށް ނެގުމަށް ފަހު، އެތާ ހުރި މީހަކަށް ވަޅިން ބިރު ދައްކާ އިންޒާރު ދިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި އަށް ނިސްބަތްވާ މުހައްމަދު ޝަރީފު ނަކަމަށް ކިޔާ 32 އަހަރުގެ މީހެކެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



