އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަން ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރައީސް ޑރ. މުހައްމްދު މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުވެ.
ޖައިޝަންކަރު ގެ މި ދަތުރުގައި ރައީސް ޑރ. މުއިއްޒު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އާއި ބައްދަލުކޮށް މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
3 ދުވަހަށް ޖައިޝަންކަރު ކުރައްވާ މި ރަސްމީ ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ގައި މިވަގުތު ގިނަ ޕްރޮޖެޓުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އައްޑޫގެ މަގު ހެދުމުގެ ޕްރޮޖެކްޓާއި، ފުލުހުންގެ ކޮލެޖު ފަދަ ޕްރޮޖެކްޓުތައް ކުރިޔަށްދާގޮތް ޖައިޝަންކަރު ގެ މި ދަތުރުގައި އޭނާ ބައްލަވާނެ އެވެ.
އޭގެ އިތުރުން ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބަލާލުމަށް، ތިލަފުއްޓައްވެސް ޖައިޝަންކަރު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.




