މި އަހަރުގެ އިންޓަ-ސްކޫލް ވޮލީބޯޅަ މުބާރާތް ނޮވެންބަރު މަހުގެ 25 ގައި ފަށާގޮތަށް ނިންމައިފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ ރާއްޖޭގައި ހިންގަމުންދާ ސްކޫލްތަކަށް އަމާޒުކޮށްގެން، ދެ ޖިންސުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭގޮތަށް މިމުބާރާތް ފަށާނީ ނޮވެމްބަރު 25 ގައި ކަމަށެވެ. މާލޭގެ އެކުވެނި ޓާފް އައުޓްޑޯ ވޮލީ ކޯޓުތަކުގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތް ބާއްވާ ތާރީޚް ކަނޑައެޅުމާއެކު އެ އެސޯސއިޭޝަނުން މިހާރު ވަނީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލްތަކަށް ހުޅުވާލާފަ އެވެ.
މިކަން ހާމަކޮށް އެ އެސޯސިއޭޝަނުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ސްކޫލްތަކަށް ނޮވެމްބަރު 3 ގެ ކުރިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި، ބައިވެރިވެރިވާ ސްކޫލްތަކުން ޓީމް ލިސްޓް ހުށަހަޅަން ޖެހޭ ސުންގަޑި އަކީ ނޮވެމްބަރު 14 ގެ މެންދުރު ފަހު 1:00 ކަމަށް އިއުލާނުގައި ވެއެވެ.
އިންޓަ-ސްކޫލް ވޮލީ މުބާރާތް ބާއްވަނީ ދެ ޖިންސްގުގެ ޑިވިޝަނުން ތިން އުމުރުފުރައަކަށެވެ. އެއީ އެއީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3317015 އަށް ގުޅާލުމުން ލިބޭނެ އިންތިޒާމުު ހަމަޖައްސާފައިވާކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.




