ފުވައްމުލައް ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް، އެ ސިޓީއަށް ގެންދިޔަ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނެކައިން ފަށައިފި އެވެ.
ފުވައްމުލައް ސިޓީގައި އިންސްޓޯލް ކުރަމުން ދަނީ 1200 ކިލޯވޮޓްގެ ޖަނެރޭޓަރެކެވެ. މިއަހަރު ފެށުނު އިރު ފުވައްމުލައް ސިޓީގެ ކަރަންޓުގެ ހާލަތު ގޯސްވެ، އެކަން ވަގުތީގޮތުން ހައްލުކުރުމަށް 800 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް އިންސްޓޯލްކުރިއެވެ. އަދި އެހެން ރަށެއްގައި ބޭނުންނުކޮށްހުރި ޖަނަރޭޓަރެއްވެސް ގެންގޮސް ދަނީ ބޭނުންކުރަމުންނެވެ. އަނެއްކާވެސް އާ ޖަނަރޭޓަރެއް އިންސްޓޯލް ކުރަނީ ކަރަންޓް ބޭނުން ކުރާ މިންވަރު ނިސްބަތުން އިތުރުވުމުގެ ސަބަބުން މިހާރު ކުރިމަތިވަމުން އަންނަ މައްސަލަތައް ހައްލުކުރުމަށް ކަމަށްކަމަށް ފެނަކައިން ބުންޏެވެ.
ކަރަންޓްގެ ޚިދުމަތް ދިނުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ފެނަކައިން ދަނީ ކުރަމުންނެވެ. ފެނެކައިން ބުނީ އާ މެނޭޖްމްނެޓް އައިފަހުން މިހާތަނަށް އަތޮޅުތެރެއަށް އާ 47 ޖަނެރޭޓަރު ފޮނުވާފައިވާކަމަށެވެ.



