ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރައްވައިފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ އިއްޔެ ވަނީ އެމްބަސީއަށް ވަޑައިގެން، ދިވެހިރާއްޖޭން ޔޫއޭއީ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް އާ ބައްދަލުކުރައްވާފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހިމް އަބްދުﷲ އެމްބަސީއަށް ކުރެއްވި މި ޒިޔާރަތުގައި މެހެމާނުންގެ ފޮތުގައި ސޮއި ކުރެއްވުމުގެ އިތުރުން، އެމްބަސީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ވެސް ވަނީ ބައްދަލުކުރެއްވި އެވެ.




