އޯ ލެވެލް އަދި އޭ ލެވެލްގެ ސައްޙަ ނޫން ސަނަދުތަކެއް ދައުރުވަމުންދާތީ،އެ ކަމަށް ސަމާލު ވުމަށް މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެމްކިޔުއޭއިން ނެރެފައިވާ އިލްތިމާސް ބަޔާނުގައި ބުނެފައިވަނީ،އޯ ލެވެލް އަދި އޭ ލެވެލްގެ ސައްޙަ ނޫން ސަނަދުތަކެއް ދައުރުވަމުން އަންކަން ފާހަގކުރެވިފައިވާކަމަށެވެ. އެހެންކަމުން، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދަރިވަރުންނަށް ކޯސްތަކާއި ޕްރޮގްރާމްތަކުގެ އެންރޯލްމަންޓް ނުވަތަ ޖާގަ ދިނުމުގެ ކުރިން، ކޯހުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ އޯ ލެވެލް އަދި އޭ ލެވެލް ސަނަދުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް އެތަންތަނަށް ވަނީ އަންގާފަ އެވެ.
މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ވަނީ މިފަދަ މައްސަލަތަށް ހައްލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ބައްދަލުކޮށްފަ އެވެ. އެގޮތުން، އެމްކިޔުއޭގެ ސަމާލުކަމަށް އައިސްފައިވާ މިދަފަ މައްސަލަތަށް ފުލުހުންގެ އިސްބޭފުޅުންނާއި ހިއްސާކުރުމުގެ އިތުރުން މި ފަދަ އަމަލުތަށް ހުއްޓުވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވެއެވެ.




