ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ހޯދަމުންދަނީ އިންޑިއާ ރައްޔިތެއްކަމަށްވާ އައިޑީ މޮހަމެޑް ސެޚް (32އ) އެވެ.
ފުލުހުން މޮހަމެޑް ސެޙް ހޯދަމުންދަނީ، އޭނާ ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެންނެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 އޮގަސްޓް 14 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މޮހަމެޑް ސެޚް އާ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލާމާތު ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.



