ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހީމް ޝަހީބު، އިންޑިއާގެ ބެންގަލޫރޫގައި ހުންނަ އެންޔޫ ހޮސްޕިޓަލް އިން ފަރުވާ ހޯދަމުން އަންނަ ދިވެހިންނާއި ބައްދަލުކުރައްވައި ހާލުބައްލަވާލައްވައިފި އެވެ.
އެމަނިކުފާނު އަންގާރަ ދުވަހުގެ ހެނދުނު އެ ހޮސްޕިޓަލްއަށް ކުރެއްވި ޒިޔާރަތުގައި،އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދިވެހިންގެ އިތުރުން އެ ހޮސްޕިޓަލްއަށް ފަރުވާ ހޯއްދެވުމަށް އެވަގުތު ތިބި ދިވެހިންނާވެސް ބައްދަލުކުރެއްވި އެވެ.
-1725441792870.webp)
ސަފީރު އެންޔޫ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވީ، އެހޮސްޕިޓަލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ހޮސްޕިޓަލްއިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ބައްލަވާލެއްވުމަށެވެ.
އެންޔޫ ހޮސްޕިޓަލަކީ ދިވެހިން އެންމެ ގިނައިން އޯގަން ޓްރާންސްޕްލާންޓް ހެއްދެވުމަށް ޒިޔާރަތް ކުރާ ހޮސްޕިޓަލްއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް މި ހޮސްޕިޓަލުން 9 ދިވެހިން ވަނީ އޯގަން ޓްރާންސްޕްލާން ހައްދަވާފައެވެ.




