މާލެ ސިޓީގައި ރޭ ދަންވަރު ހިގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ހާލު ދެރަވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެކްސިޑެންޓްގައިވި އަނިޔާވި އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، މިހާރު އޮތީ ހާލު ސީރިއަސްވެ އައިސީޔޫގެ ވެންޓިލޭޓަރުގަ އެވެ. އައިޖީއެމްއެޗުން ތަފުސީލު ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވަނީ ރޭ 00:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވެގެން ފަރުވާ ހޯދަމުންދަނީ އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވަން އިން ޒުވާނާއެވެ.
މި އެކްސިޑެންޓް ފުލުހަށް ރިޕޯޓްކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.



