އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ،ބ. ދަރަވަންދޫ، ވިދުވަރު، ހުސެއިން ޝާއިފް، 32 އާއި މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް، 30، އެވެ.
މި މައްސަލައިގައި، މިއަދު ފުލުހުން ބުނެފައިވަނީ އިއްޔެ ހަވީރު 04:05 ހާއިރު މާލޭ ގެއެއްގެ ތެޜޭގައި ހުރި މީހަކު އަތުން ވަގަށް ނަގާފައިވާކަމަށް ޝައްކުކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް އެމީހުން އަތުން ފެނިފައިވާކަމަށެވެ. އެހެންނަމަވެސް ވަގަށް ނެގި ތަކެތީގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.
ފަހަކަށް އައިސް މާލޭގައި ވައްކަމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިސްކިތްތަކުންނާއި، ސްކޫލްތަކުންނާއި، އޮފީސް އިމާރާތްތަކުން ވައްކަންކޮށް، ފުލުހަށް ރިޕޯޓްކޮށްފައިވާއިރު، މި ކޭސްތަކުގައި ވަގަށް ނެގި ބައެއް ތަކެތި ހޯދައި ފުލުހުން ވަނީ ވެރިފަރާތާއި ހަވާލުކޮށްފަ އެވެ.



