އެއް ދުވަސް ތެރޭގައި 930 ކޮންޓެއިނަރަށް ހިދުމަތް ދީގެން އެމްޕީއެލް އިން އައު ރެކޯޑެއް ހަދައިފިއެވެ.
މިއީ އެމްޕީއެލް ގެ ތާރީހުގައި އެއް ދުވަސް ތެރޭގައި މިހާ ގިނަ ކޮންޓޭނަރަށް ހިދުމަތް ދެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް އެންމެ ގިނަ ކޮންޓެއިނަރަށް އެއް ދުވަސް ތެރޭގައި ހިދުމަތް ދީފައި ވަނީ ވެސް ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައެވެ. އެއީ 650 ކޮންޓެއިނަރެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެމްޕީއެލްގެ މެނޭޖްމެންޓުން މަސައްކަތް ކުރަމުން ދާނީ ”ލައިޓްނިން ސްޕީޑު“ ގައި މަސައްކަތް ކޮށް، ރައްޔިތުން ހިތްހަމަ ޖެހޭ ފަދަ ހިދުމަތް ތަކެއް ފޯރު ކޮށްދިނުމަށް ކަމަށެވެ. އަދި ވަޖީހު ވަނީ މި ތާރީހީ ރެކޯޑް ހާސިލް ކުރުމުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
“ މިފުރުސަތުގައި، އެމްޕީއެލްގެ ހިތްވަރުގަދަ ޓީމަށް ވަރަށް އިޚުލާސްތެރި ކަމާއި އެކު ޝުކުރު ދަންނަވަމެވެ. އަދި އެހެނިހެން ސްޓޭކް ހޯލްޑަރުންނަށް ވެސް ހިތުގެ ފުންމިނުން ޝުކުރު ދަންނަ ވަމެވެ. “ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވިއެވެ.
.



