ބިޒްނެސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ)އިން އާންމުކުރި، ”އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު“ ބާތިލުކޮށްފި އެވެ.
ރާއްޖޭގައި ބަލިމަޑުކަން އިތުރުވެ، މީހުންގެ ސިއްހަތަށް ނުރައްކާވާފަދަ މާއްދާތައް ހިމެނޭ ކާބޯތަކެތި ވިޔަފާރި އުސޫލުން އޮޅުވާލައިގެން ވިއްކާކަމުގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މިދިޔަ މަހު ބިދޭސީއަކަށް ބުޅާމަސް ބޭނުންކޮށްގެން ކާނާ ތައްޔާރުކުރާކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯ ތަކަކާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ ”އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑު“ އެކުލަވާލާ އާންމުކޮށްފަ އެވެ.
އެމް.އެފް.ޑީ.އޭ އިން 3 ސެޕްޓެމްބަރ ގައި އާމުކުރި މިންގަނޑުން ޝަރުތުކުރާ ކަންތައްތައް:
1 – ބަދިގޭގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް
ހ – އަތް ދޮވުމާއި ހިފާގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމަށް ބޭނުންވާ އިންތިޒާމު ބަދިގޭގައި ހަމަޖެހިފައި ހުރުން
ށ – ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ގެންގުޅޭތަކެތި އަބަދުވެސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
ނ – އާމްދަނި ހޯދުމުގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރުމަށް ވަކި ޚާއްޞަ ގަޑިއެއް ކަ ނޑައެޅިފައިވުން
2 – ހިފާ ގެންގުޅޭ ސާމާނާއި އާލާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް
ހ – އާމްދަނ ހޯދުމަށް ކާބޯތަކެތި ތައްޔާރު ކުރުމަށް ވަކި ތެލި ތަށި ފަދަ ތަކެތި ޚާއްޞަކުރެވިފައި ހުރުން
ށ – ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗާއި އެނޫން ކާބޯތަކެއްޗަށް ވަކި ޚާއްޞަ ތަށި ސަމުސާ ފަދަ ތަކެތި
ބޭނުންކުރުން. ވަކި ޚާއްޞަ ތަށި ސަމުސާ ފަދަ ތަކެތި ނެތްނަމަ ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗަށް
ބޭނުންކުރި ތަކެތި އެހެން ތަކެއްޗަށް ބޭނުންކުރަންވާނ އެތަކެތި ރަނގަޅަށް ދޮވެ ޑިސްއިންފެކްޓު
ކުރުމަށްފަހު.
3 – ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ އާންމު ސާފުތާހިރުކަން
ހ – ރޯ ނުފިލުވައި ހުންނަ ކާބޯތަކެއްޗާއި ކައްކާފައި ހުންނަ ކާބޯތަކެތ ގައި އަތްލުމުގެ ކުރިންނާއި، ފާޚާނާ
ކުރުމަށްފަހުގައާއި، ކުނިފަދަ ތަކެތ ގައި އަތްލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން.
ށ – ކާބޯތަކެތި ތައްޔާރުކުރާއިރު ދުފުން، ދުންފަތުގެ އިސްތިޢުމާލުކުރުން އަދި އެނޫންވެސް ކެއިން ބުއިމުގެ
އެއްވެސް ޢަމަލެއް ނުހިންގުން.
ނ – ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ހެދުމެއްގައި ހުރުން. އަދި ކާބޯތަކެއްޗަށް އިސްތަށި ނުފައިބާނެހެން
ބޮލާއި ހަށިގަނޑު ނިވާކޮށްފައި ބެހެއްޓުން.
ރ – ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ހެދުމެއްގައި ހުރުން. އަދި ކާބޯތަކެއްޗަށް އިސްތަށި ނުފައިބާނެހެން
ބޮލާއި ހަށިގަނޑު ނިވާކޮށްފައި ބެހެއްޓުން.
ބ – ކާބޯތަކެތި ތައްޔާރުކުރާއިރު ސާފުތާހިރު ހެދުމެއްގައި ހުރުން. އަދި ކާބޯތަކެއްޗަށް އިސްތަށި ނުފައިބާނެހެން
ބޮލާއި ހަށިގަނޑު ނިވާކޮށްފައި ބެހެއްޓުން.
މީގެ އިތުރުން، ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ބާވަތްތަކާއި އަދި ކާބޯތަކެތި ރައްކާތެރިކުރުމުގައި ގެންގުޅެންޖެހޭ ޝަރުތުތައްވެސް އެމް.އެފް.ޑީ.އޭ ގެ މި މިންގަޑުގައި ހާމަކޮށްފައި ވެއެވެ. އެމް.އެފް.ޑީ.އޭ ގެ މި މިންގަނޑު އާންމުކުރުމާއި ގުޅިގެން ކުރިން ބީސީސީން ޤާއިމްކޮށްފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެ، އަލަށް އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އުޞޫލުތަކަށް ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭނެކަމަށް ވަނީ ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން އަންގާފަ އެވެ.



