”33 ވަނަ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2024“ ގެ ޗެމްޕިއަންކަން، ދިވެހި ސިފައިންގެ ކުލަބް(ޑީއެސްސީ) ހޯދައިފި އެވެ.
ސެޕްޓެންބަރު 5 އިން 7 އަށް މާލޭ ސިންތެޓިކް ޓްރެކް ދަނޑުގައި ބޭއްވި ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ޑީއެސްސީން ކާމިޔާބުކުރީ، 264 ސްކޯރ ހޯދައިގެންނެވެ.
މި މުބާރާތުގެ އަންހެން ބެސްޓް އެތުލީޓުގެ އެވޯޑް ހާސިލްކުރީ ޑީއެސްސީގެ، ރެކްރޫޓް ފަސޫޙާ އަޙްމަދެވެ.
މި މުބާރާތުގައި އަންހެން 1500 މީޓަރު ދުވުމުގެ އިވެންޓުން ރެކްރޫޓް ފަސޫޙާ އަޙްމަދު ވަނީ ޤައުމީ ރިކޯޑެއްވެސް ގާއިމުކޮށްފައެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދި 17 ވަނަ ފަހަރެވެ.
ދިވެހި ސިފައިންގެ ކުލަބު މި މުބާރާތް ކާމިޔާބުކޮށްފައިވާ އަހަރުތަކަކީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2015، 2016، 2017، 2018، 2019، 2021، 2022، އަދި މި އަހަރެވެ.



