ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ(ސްޓެލްކޯ) ގެ ބޯޑަށް އިތުރު މެންބަރަކު އައްޔަން ކޮށްފި އެވެ.
އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަން ކުރައްވާފައިވަނީ އަހްމަދު އަސްލަމެވެ. ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ބޯޑަށް އަސްލަމް އައްޔަންކުރުމާ ގުޅިގެން ކުންފުނީގެ ބޯޑާއި، އިސްވެރިންނާއި، އަދި އެންމެހައި މުވައްޒަފުންގެ ނަމުގައި، އޭނާ އަށް މަރުހަބާ ކިޔާފަ އެވެ.
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އެ ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފުގެ އިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ޔޫސުފް ވަހީދު، އަހުމަދު ހާޝިމް، މަރްޔަމް ސާޖިދާ، މުހައްމަދު އާމިރު އަދި ކޮމްޕެނީގެ ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހެވެ.



