2023-2022 ވަނަ ދިރާސީ އަހަރު ބޭއްވި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ”މަތީ އަރުތަވެރީންގެ އިނާމު“ ދިނުމުގެ ޖަލްސާ، މިހަހުގެ 12 ވަނަ ދުވަހު ބާއްވަން ހަމަޖެހިއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ތައްޔާރުވަމުން އަންނަކަމަށާއި، ޖަލްސާ ކުރިޔަށްގެންދަނީ 3 ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ.
ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބާއްވާ އިނާމު ދިނުމުގެ ޖަލްސާގެ 3 ދަންފަޅިވެސް ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިދިޔަ އަހަރު މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައި ވެއެވެ. އަދި ޡާނަވީ ނިންމާ އިމްތިޙާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން މި ޖަލްސާގައި އިނާމު ދޭނެއެވެ.


