ކުޅުދުއްފުށި ސިޓީ، ފަޅުތެރެއިން ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދެންމެ ބުނީ، ކުޅުދުއްފުށީ އުތުރު ބަނދަރު ފަޅުތެރޭގައި މީހަކު މަރުވެފައި އޮތްކަމަށް މިއަދު ހެނދުނު 08:17 ހާއިރު އެއިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވެފައިވަނީ ކުޅުދުއްފުށި ސިޓީ، ޑެއިޒީ ފެހި، މުހައްމަދު ހަސަން(36) އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.



