އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އާއިލީ ހަވީރު ”އެލައިޑް ފެސްޓް“ މާދަމާ އޮންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެލައިޑުން ބުނީ، ”އެލައިޑް ފެސްޓް“ އޮންނާނީ މާދަމާ ހަވީރު 4-6އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އިކަމަށެވެ.
އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއިއެކު ފެސްޓް ކުރިޔަށްގެންދާނީ އެހެން އަހަރުތަކެކޭ އެއްފަދައިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި ފުރުސަތުގެ ތެރެއިން؛ ނޫނި ބޭކްސް، ބޭކިންގ ރޫމް އަދި ޑޯނަޓް ފެކްޓްރީ މިއިވެންޓުގެ ވެންޑަރސްގެ ގޮތުގައި ހަރަކާތްތެރިވާގޮތަށް ކަމަށެވެ.
އެލައިޑުން މައުލޫމާތު ދިންގޮތުގައި ”އެލައިޑް ފެސްޓް“އަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިޔަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިންގ އަދި މާލީ ރައްކާތެރިކަން ހޯދޭނެ އިންޝުއަރަންސް ޕްލޭންތަކާއި ތަކާފުލް ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ކޯޓޭޝަން ނެގުންވެސް ކުރިޔަށްދާނެކަމަށެވެ. އަދި، މިހާރު ކުރިޔަށްދާ ”އެލައިޑް ލައިފް ޕްރޮމޯޝަން“ގައި ބައިވެރިވުމުގެ ފުރުސަތުވެސް އިވެންޓްގެ ތެރެއިން ފަހިކޮށްދޭނެކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑް ލައިފް ޕްރޮމޯޝަނަކީ ލައިފް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން %50ގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ. މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅާލުމުން އެލައިޑުން އިރުޝާދު ދޭނެއެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯދޭނެކަން އެލައިޑުން ބުނެފައި ވެއެވެ.
އެލައިޑުން ބުނީ، މިއަހަރު މިބާއްވަނީ ތިން ވަނަ ”އެލައިޑް ފެސްޓް“ ގެ ކަމަށެވެ.




