މިދިޔަ ބުދަ ދުވަހު ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ބުދަ ދުވަހުގެ ހެނދުނު، ކުޅުދުއްފުށީ އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެ ސިޓީއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ.
އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.



