ފުވައްމުލައް ސިޓީގައި އޮތް ދޯންޏަކުން ބިއްލޫރިގަނޑެއް ބާލަން އުޅުމުގެ ތެރޭގައި، އެ ބިއްލޫރިގަނޑު ވެއްޓި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު 09:32 ހާއިރުގައި ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ ބިއްލޫރި ޝީޓް އުފުލަން އުޅުނު 4 މީހުންނަށް ކަމަށާއި، އެއީ، 2 ދިވެހިންނާއި 2 ބިދޭސީންކަމަށް ފުލުހުން ބުންޏެވެ. އަދި އެ 4 މީހުންނަށްވެސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.



