މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް ތަމްރީން ގިނަ އަތޮޅުތަކެއްގައި ހިންގައިފި އެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީން މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 14 އަތޮޅެއްގައެވެ.
އެ އަތޮޅުތަކަކީ، ހއ، ހދ، ށ، ނ، ރ، ބ، ޅ،ފ، ދ، ތ، ލ، ގއ، ގދ އަދި އައްޑޫ ސިޓީ އެވެ.
މި ތަމްރީންގެ މަޤްޞަދަކީ ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ޞިއްހީ ޚިދުމަތްދެ ތަންތަނުގައި ކުނި މެނޭޖްކޮށް އެކަމަށް އުސޫލުތަަކެއް ހެދި ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމެވެ.
ޑަބްލިޔު.އެޗް.އޯ، މިނިސްޓްރީ އަދި ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ތަމްރީން އަށް ކެނެޑާ އަދި ޖަޕާން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.



