އިއްޔެރޭ ދަންވަރުގެ ވަގުތެއްގައި މާލޭ ސިޓީގައި އަމިއްލަ ދެ އަންހެން ދަރިންނާއި، ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ފުލުހަށް ރިޕޯޓް ކުރުމާއި ގުޅިގެން، ފުލުހުުން ހައްޔަރުކުރި ބައްޕަގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައިގައި އިއްޔެ ފުލުހުން ބުނެފައިވަނީ، މި މައްސަލައާއި ގުޅިގެން އުމުރުން 42 އަހަރުގެ ފިރިހެނަކު، ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށެވެ.
މިމައްސަލައިގައި މިއަދު ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.




