މާލެ ސިޓީ އިން ސައިކަލެއް ފޭރުނު މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، މާލެ ސިޓީ/މ. މާކަނާ، އަހްމަދު ޝާރިފް އަބްދުއްރަހީމް(30އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ މިމަހުގެ .14 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މާލެ ސިޓީ/ ގުލާބީ މަގުން ސައިކަލެއް ފޭރުނުކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ މައްސަލައާއ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން،15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހްގީގްކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



